Tuesday 17th Feb 2026
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދ.މީދޫ

ދ. މީދޫގައި އަލަށް ގާއިމުކުރި ވޮލީކޯޓު ހުޅުއްވައިފި

ދ. މީދޫގައި އަލަށް ގާއިމުކުރި ވޮލީކޯޓް، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުއާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރަށު ކައުންސިލާއި މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ވޮލީކޯޓަކީ މީދޫގައި ގާއިމުކުރި މިފަދަ ފުރަތަމަ ކޯޓެވެ. ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލާފައިވަނީ ޒަމާނީ ފެންވަރަށެވެ.
ކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެރަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޝަރަފުވެރިކޮށްދެއްވައި ބައްލަވާލައްވާފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ދަނޑުތަކާއި، ކޯޓުތަކުގެ އިތުރުން ޓްރެކްތައް އެޅުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ، އަދި ކަސްރަތަށް ލޯބިކުރާ ބަޔަކަށް ހެދުމެވެ. މިގޮތުން އެކުލަވާލާފައިވާ ދިގު ރާސްތާ ޕްލޭންގެ ދަށުން، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ގައިންގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން އިސްކަންދެއެވެ.

މި ލިއުމާއި ގުޅޭ