Tuesday 17th Feb 2026
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ދިވެހި ފިލްމް ލިލީ އަނެއްކާވެސް އޮލިމްޕަހަށް

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިވެހި ފިލްމު “ލިލީ” މިމަހު 21 ގައި އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވެއްޖެއެވެ.
މިއީ މި ފިލްމު އަނެއްކާވެސް ރީ-ރިލީޒްކޮށް، އާންމުންނަށް ފެނުމުގެ ފުރުސަތު ހުޅުވާލާ ކަމެކެވެ. މީގެ ކުރިންވެސް “ލިލީ” ގެ 13 ހައުސްފުލް ޝޯވ އޮލިމްޕަސް ސިނަމާގައި ދައްކާފައިވެއެވެ.
ފިލްމު އުފައްދައި މާކެޓު ކުރާ ކްރިއޭޓިވް ނެޓްވޯކުން އިއްޔެ ވަނީ ފިލްމު ރީ ރިލީޒް ކުރާކަން އިއުލާންކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯއާއެކު ޑިސެމްބަރު 21، 22، 23 އަދި 24 ގެ ޝޯވއަށް ބުކިން ހަދަން ވަނީ ހުޅުވާލައިފައެވެ. ޓިކެޓު ބުކް ކުރެވޭނީ ރަސްމީ ވެބްސައިޓު www.book.lilythemovie.com ގެ އިތުރުން 7505079 ވައިބާ މެދުވެރިކޮށެވެ.
އައިޝާ އަލީ ލީޑް ރޯލުން ފެންނަ މި ފިލްމުގައި ދައްކައިދެނީ އެކި ގޮތް ގޮތުން ކުޑަ ކުދިންނަށް ލިބޭ އަނިޔާއެވެ. ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ވާހަކަ ވަރަށް ތިލަކޮށް މި ފިލްމުގައި ވަނީ ކިޔައިދީފައެވެ. ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމް އަދި އަލީ ފާރޫގު ހިމެނެއެވެ.
“ލިލީ” އަކީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓުކޮށް މުހައްމަދު އަރީޙް ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނަގައިދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މޭކަޕް ކޮށްފައިވަނީ ޖަސްޓިން އެވެ. ބެކް ސްކޯރިންގެ މަސައްކަތް ފަތުހުالله ޝަކީލް ކޮށްފައިވާއިރު ލަވަތަކުގެ މިޔުޒިކް ހަދާފައިވަނީ ހުސައިން ތައުފީގެވެ. ލަވަތަކުގެ ޅެމާއި ރާގު ހަދާފައިވަނީ މުހައްމަދު އަބްދުލް ގަނީއެވެ.

މި ފިލްމަށް ލިބުނު ބޮޑު ތަރުހީބަށްފަހު، މިފަހަރު އިތުރަށް ދައްކަނީ ކިތައް ޝޯވކަމެއް ކްރިއޭޓިވް ނެޓްވޯކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑިސެމްބަރު 21 އިން 24 އަށް ޝޯވތައް ބުކިން ހުޅުވާލާފައިވުމުން، މި ފިލްމު އަލުން ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.

މި ލިއުމާއި ގުޅޭ